English Edition
Dhivehi Edition
ހުޅުމާލޭ ފުރަތަމަ ފިޔަވަހި - ފޮޓޯ: އެޗްޑީސީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުމާލޭގައި ގާއިމް ކުރާ ކޯޝެއާޑް ކިޗެން ފެސިލިޓީގައި ކަލިނަރީ ޓްރެއިނިންގ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ.

ބީސީސީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް (ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގައި ތިއްބަވައިގެން ކާބޯތަކެތި އުފައްދާ ކަނބަލުންނަށް) އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޯޝެއާޑް ކިޗެން ފެސިލިޓީއަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް އަދި އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެންދާނެ ތަނެއް ކަމަށާއި، އެ ފެސިލިޓީގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ކަލިނަރީ ޓްރެއިނިންގތައް ހިންގުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ޚާއްސަ ގޫގުލް ފޯމް މެދުވެރިކޮށް އެކަމަށް ރަޖިސްޓަރ ވުމަށް ބީސީސީން ވަނީ ދައުވަތު އަރުވައިފައެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ.