ދިވެހިރާއްޖޭގެ އާބާދީ 500،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ.
އެންބީއެސް އިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އާބާދީ އަންދާޒާ 2020ގެ މުޅި ރާއްޖޭގެ އާބާދީ އަކީ 557،426 އެވެ. އޭގެ ތެރެއިން 40.8% އާބާދީ ދިރިއުޅެނީ ވެރިކަން ކުރާ ރަށް، މާލޭގައެވެ. އެގޮތުން 227،486 މީހުން މާލޭގައި ދިރިއުޅެއެވެ. އަދި މުޅި ރާއްޖޭގެ އާބާދީގެ 2.8% ދިރިއުޅެނީ ށ. އަތޮޅުގައެވެ.
މުޅި ރާއްޖޭގެ އާބާދީއަށް ބަލާއިރު، މާލެ ސިޓީ ފިޔަވައި ދެން އެންމެ ގިނައިން މީހުން އުޅެނީ ކ. އަތޮޅުގައެވެ. އެގޮތުން ކ. އަތޮޅުގައި 41،382 މީހުން ދިރިއުޅޭއިރު، ދެން އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި 26،635 މީހުން އުޅެއެވެ.
ރާއްޖޭގެ ރަށްތަކަށް ބަލާއިރު، އާބާދީ އެންމެ ކުޑަ ކަމަށް އެންބީއެސްގެ ތަފާސްހިސާބުތަކުން ދައްކަނީ ވ. އަތޮޅުގައެވެ. އެގޮތުން ވ. އަތުޅުގެ އާބާދީ އަކީ 2،688 މީހުންނެވެ.
ރާއްޖޭގެ އަތޮޅުތަކުގެ އާބާދީ