English Edition
Dhivehi Edition
ޚަބަރު
ރިޕޯޓް
ކުޅިވަރު
މުނިފޫހި
ވިޔަފާރި
ލައިފް ސްޓައިލް
މީހުން
ވާހަކަ
ދީން
ސްކޫލް މީޑިއާ
ދެކުނު ބަސް
ޚަބަރު
ކޮވިޑް-19: އިތުރު 50 މީހަކު ބަލިން ރަނގަޅުވެއްޖެ
އެޑިޓޯރިއަލް
25 މާޗު 2020: ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން - ފޮޓޯ: އަހުމަދު ޝުރާއު (ވީނިއުސް)
Telegram
Viber
WhatsApp
Twitter
Facebook
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 50 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9,833 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 89.45% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10,993 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުންދަނީ 1,118 މީހުންނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,389 ސާމްޕަލް ނަގާފައިވެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 384 މީހުން ތިބިއިރު ހޮސްޕިޓަލްތަކުގައި 67 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 35 މީހަކު ވަނީ މަރުވެފައެވެ. އެއީ 28 ދިވެހިންނާއި ހަތް ބިދޭސީންނެވެ.
AD
ޓެގު
(ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮރޯނާވައިރަސް
ކޮވިޑް-19
އެޗްޕީއޭ
ގުޅޭ ލިޔުންތައް
ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ޗައިނާގައި ފެތުރޭ ނޭވާލާ ނިޒާމުގެ ބައްޔަކީ މޫސުމީ ބައްޔެއް، އެޗްޕީއޭއިން ހާލަތު ބަލަނީ
ޒާތީ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް އިންސްޕެކްޝަނެއް ކުރަނީ!
ޙައްޖުވެރިން ބަލީގެ ޢަލާމާތް ފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އަންގައިފި
AD
Cancel reply
AD
މަގުބޫލު ލިޔުންތައް
ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަނީ!
އަހަރުގެ އެންމެ ޒުވާން ހޮޓަލިއާގެ އެވޯޑާއެކު ނުޝް ގެ ހުވަފެން ހަގީގަތާއި ގާތަށް!
އުމުރުން 30 ގެ އަހަރުތަކުގައި ކަކުލުގައި ރިއްސުން: ސަމާލުވާންޖެހޭ މުހިންމު ނިޝާންތައް
“ސިއްޙަތާއި ދުނިޔެ” ގެ ނަމުގައި ޑރ މުފްލިޙާ ލިޔުއްވި ފޮތް ލޯންޗްކޮށްފި
AD
AD