English Edition
Dhivehi Edition
13 އޭޕްރީލް 2020 ވަނަ ދުވަހު ހުޅުމާލޭގެ މަގުތައް ފުލުހުން މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ހުޅުމާލެ ފްލެޓެއް ކައިރިން ފޭރިގަތް އަންހެނެއްގެ އަތް ދަބަސް ހޯދައި، ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހުޅުމާލެ ޕޮލިސް އަށް ހުށަހެޅުނު ފޭރުމުގެ މިމައްސަލާގައި ހިމެނޭ އަތް ދަބަސް ހޯދާފައިވަނީ އާންމު ރައްޔިތެއްގެ އެހީތެރިކަމާއެކު ފުލުހުން ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ހުޅުމާލެ 66 ނަންބަރު ފްލެޓް ކައިރިންނެވެ.

ފުލުހުން ބުނީ ހުޅުމާލެ ޕޮލިސްއިން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.