English Edition
Dhivehi Edition

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ތިނަދޫގައި އުމުރުން ދުވަސްވީ ރަށްވެރިންގެ ކުލަބް ގެ ނަމުގައި ކުލަބެއް އުފައްދައިފިއެވެ.

ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ސްކީމުގެ ގދ. ޗެޕްޓަރ އިން އިސްނަގައިގެން ތިނަދޫ ކައުންސިލްގެ އެހީތެރިކަމާއެކު އުފެއްދި މި ކުލަބު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވެވީ ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދެވެ. އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ތިނަދޫ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ބޭއްވި ” ދުވަސްވީ ރަށްވެހިންގެ ހަވީރުގައި” ގައި ސްކީމުގެ ގައުމީ ހިންގާ ކޮމެޓީގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ކުލަބު އުފެއްދުމުގެ ބޭނުމަކީ ތިނަދޫގައި ދިރިއުޅެމުންދާ ދުވަސްވީ ރަށްވެހީންގެ ޙައްޤުގައި މަސައްކަތްކުރާނެ ބަޔަކު ތިބިކަމާއި އަދި މުޖުތަމަޢަށް އެފަރާތްތަކުން ކޮށްދީފައިވާ ކުދި ބޮޑު އެންމެހާ ޚިދުމަތްތަކަށް ޝުކުރުވެރިވުމުގެ އިތުރުން އެފަދަ ފަރާތްތަކަށް އުފާވެރި ހިތްހަމަ ޖެހޭފަދަ ވަގުތުތައް ހޯދައި ދިނުމާއި އެފަދަ ފަރާތްތަކުގެ އަފުވަޒަން ކޮށް މުޖުތަމައުގެ އެކިއެކި ކަންކަމުގައި އެމީހުންނަށް ވީ މިންވަރަކުން ބައިވެރިވުން ކަމަށް ގދ. ޗެޕްޓަރ ގެ ޗެއަރޕާރސަން އަމީޒާ އަފީފް ވިދާޅުވިއެވެ.

ސްކީމްގެ ގދ. ޗެޕްޓަރ އިން އިސްނަގައިގެން ތިނަދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދiިޔަ މި ހަރަކާތުގައި ތިނަދޫ ޕޮލިސްއާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލް، ޒޯން 7 ސްޓޭޑިއަމް ، ސްޕޯރޓްސް ކައުންސިލަރ، އަދި ބީއެމްއެލް ތިނަދޫ ބްރާންޗް އިން އެކި ހަރަކާތްތަކުގައި އިސްދައުރެއް ވަނީ އަދާކޮށްފައެވެ.

މި ހަރަކާތުގައި ތިނަދޫގެ އުމުރުން ދުވަސްވީ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު އެމީހުންނަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ސްކީމުން ވަނީ އައްޑޫސިޓީގެ ފޭދޫގައި “ހަންހާރަ” ހަވީރި ގެ ނަމުގައި ކާމިޔާބު ހަރަކާތެއް ބާއްވާފައެވެ. އައްޑޫސިޓީގެ ފޭދޫ އަދި މަރަދޫ ރައްޔިތުންނާއި ސްކީމްގެ މެމްބަރުން ގުޅިގެން ސްކީމުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްޕޮންސަރުންގެ ގޮތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފޭދޫ ހެޕީމާކެޓާއި ތްރީއެސް އަދި ހިތަދޫ ހެޕީޒޯން އިންނެވެ. މީގެ އިތުރުން އެމްޓީސީސީ އާއި ބީޓެކް އަދި ގަން ޕޮލިސް ގެ އެހީތެރިކަން މި އިވެންޓަށް ވަނީ ލިބިފައެވެ. ހަމަ މިއާއެކު ފޭދޫ އެއިމްސް ކްލިނިކުން މި އިވެންޓްގައި އުމުރުން ދުވަސްވީ މީހުންގެ މެޑިކަލް ޗެކަޕް ބެލުމާއި ސިއްހީ އިރުޝާދު ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

ސްކީމަކީ ދެކުނުގެ ހަަތަރު އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެކެވެ.