English Edition
Dhivehi Edition
ރައީސް ޞާލިޙް އާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން - ފޮޓޯ: ޓްވިޓާ (ރައީސް ޞާލިޙް)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެކަމާ ގުޅޭގޮތުން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް”، އެ ޓްވީޓްގައި ރައީސް ވިދާޅުވެފައި ވެއެވެ.