English Edition
Dhivehi Edition
ހުޅުމާލޭ ބީޗުގެ ފޮޓޯއެއް - ފޮޓޯ: ބުކިންގ ޑޮޓް ކޮމް

ހުޅުމާލޭގެ ބީޗުތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ވަގުތީ ގޮތުން ނެގުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މެނޭޖްކުރާ ހުޅުމާލޭގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޤަވާއިދުން އެ އަވަށް މެއިންޓެއިންކުރުމުގެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ބީޗުގައި ބަހައްޓާފައިވާ ޑަސްބިންތައް ވަގުތީ ގޮތުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތަށް ޑަސްބިންތައް ނަގަނީ ޑަސްބިންތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޓްވީޓްގައި ވަނީ ހުޅުމާލެ ސާފުތާހިރުކޮށް ބެހެއްޓުމުގެ ޒިންމާ އާންމު ފަރުދުން އަމިއްލައަށް ނެގުމަށްވެސް އެދިފައެވެ. އަދި ޑަސްބިންތައް ނެގުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ވަނީ މަޢާފަށްވެސް އެދިފައެވެ.