English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމަށް ލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނީލަން ކިޔުމަށް ނިންމާފައިވާ މުދާތައް ބެލުމުގެ ފުރުސަތު އޮންނާނީ 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 16:30 ގައެވެ. އަދި މުދާ ބަލަން ބޭނުންނަމަ، މުދާ ބަލަން ދިއުމުގެ 05 ގަޑިއިރު (13 އޮކްޓޯބަރ 2020ގެ 11:30) ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

ނީލަމުގައި ބައިވެރިވެވޭނީ 14 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ. އަދި ނީލަން ކިޔުން އޮންނާނީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު 14:00 ން ފެށިގެން ކަމަށާއި، ނީލަން ކިއުން އޮންނާނީ ހެޑް އޮފީސް ގެ ބަނދަރު މާލަމުގައި ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ވަނީ ނީލަން ކިޔަން ނިންމާފައިވާ މުދަލުގެ ލިސްޓެއްވެސް އެ އިޢުލާނާއެކު އާންމުކޮށްފައެވެ.