English Edition
Dhivehi Edition
ވިލިމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ދަ މޯލްޑިވްސް އެކްސްޕާޓް

ޤަވާޢިދާ ޚިލާފަށް ހުސްބިންތަކުގައި ބަހައްޓާފައިވާ ތަކެތި 48 ގަޑިއިރުގެ ތެރޭގައި ނެގުމަށް އަންގައިފި އެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ވިލިމާލޭގެ ހުސްބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން ވާނީ 24 ނޮވެމްބަރު 2019 ގައި ކުރި އިޢުލާނަކުން މަނާކުރެވިފައި ކަމަށެވެ.

މީގެ އިތުރުން ފަހަކަށް އައިސް ވިލިމާލޭގެ ހުސްބިންތައް ހުއްދަނުނަގާ ބިއްގަނޑު ޖަހާ ބަންދުކޮށް އެކިކަންކަމަށް ބޭނުންކުރެވެމުންދާ ކަމަށާއި، އެކަމަކީ މާލެ ސިޓީގެ ހުސްބިންތަކާއި، އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދާއި ޚިލާފް ކަމަކަށް ވާތީއާއި އެކަމުގެ ސަބަބުން ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމަށް އުދަނގޫ ވަމުން ދާތީވެ، މިއަދުން ފެށިގެން (05 އޮކްޓޫބަރު 2020، ހޯމަ) 48 ގަޑިއިރުތެރޭގައި ހުސްބިންތަކުގައިވާ ތަކެތި (ޓިނު ބިއްގަނޑު، ދައު، ލަކުޑި، ދަގަނޑު، ފުޅި، ހަން ބުރި، ގޯނި ފަދަ ތަކެތި) ނެންގެވުމަށްފަހު ތަން ސާފުކުރުމަށް އަންގާ ކަމަށް އެ އިޢުލާނުގައި ވެއެވެ.

އަދި މިމުއްދަތު ހަމަވުމުން ނުނަގާ ހުރި ބިއްގަނޑުތައް ރޫޅާލުމާއި ތަކެތި ނެގުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާނެ ކަމަށާއި އެގޮތަށް ނެގޭ ތަކެތި ކުނި މެނޭޖްކުރުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލެވޭނެ ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.