English Edition
Dhivehi Edition
ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލާފައިވާ މަސްތުވާތަކެތި

އިއްޔެ އައްޑޫ ސިޓީގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން މިއަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތި ރާއްޖެއަށް ސަޕްލައިކުރި ފަރާތެއް ހޯދުމަށް ބޭރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީގައި ހިންގި މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން މާބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އިއްޔެ ހަމީދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެ އޮޕަރޭޝަންގައި މެރިން ޕޮލިސްގެ އިތުރުން ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓް އަދި ސައުތު ޕޮލިސް ޑިވިޝަން ހަރަކާތްތެރިވެފައިވާކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ހިންގި މި ހާއްސަ އޮޕަރޭޝަނެއްގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ)ވެސް ހައްޔަރުކޮށްފައިވާއިރު ގިނަ ބަޔަކުވަނީ މީސްމީޑިއާގައި އޭނާ ދޫކޮށްލުމަށް ގޮވާލައިފިއެވެ.

ބޮންޑާ ދޫކޮށްލުމަށް ގިނަ ބަޔަކު ގޮވާލައިފި