English Edition
Dhivehi Edition

އައްޑޫ ސިޓީގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ހައްޔަރުކުރުމާއި ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގައި އޭނާ ދޫކޮށްލުމަށް ގޮވާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮންޑާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އޭނާ މަހަށް ގޮސް އައިތަނުން ބަނދަރު މަތިންނެވެ.

މީސްމީޑިއާގައި ގިނަ ބަޔަކު ބޮންޑާ ހައްޔަރުކުރުމުން އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައިވަނީ ބޮންޑާ އަކީ މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން ކަމަށާއި ބޮންޑާ ހައްޔަރު ކުރުމުގެ ފަހަތުގައި ސިޔާސީ ރޭވުމަށްވާ ކަމައް ތުހުމަތުކުރެވޭ ކަމަށެވެ. ބޮންޑާ އާއި ގާތް ގުޅުމެއް އޮންނަ ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ބޮންޑާއަކީ އަހުލާގު ރަނގަޅު މީހުންނާއި ގުޅޭ މީހެކެވެ.

މީގެ އިތުުރުން މީސްމީޑިއާގައި ދައުރުވަމުން ދާ ޕޯސްޓުތަކުގައި ވަނީ ބޮންޑާ ހައްޔަރުކޮށްފައިވަނީ ކަނޑުމަތީގައި ހާލުގައި ޖެހިފައި އޮތް ލޯންޗެއް ކަފު ޖަހައިގެން ބަނދަރާއި ހަމައަށް ގެނައުމުން ކަމަށާއި ހާލުގައި ޖެހިފައިވާ ބައެއް ކަނޑުމަތިން ފެނުމުން އެއީ ކޮންމެ މީހެއްވެސް ކަންތައް ކުރާނެ ގޮތްކަމަށެވެ.

އައްޑޫ ސިޓީގައި މިއަދު ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން މާބޮޑު ތަފުސީލެއް ހާމަކޮށްފައި ނުވާއިރު އެސިޓީގައި މިއަދު ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ޓްވީޓުގައި ހަމީދު ވިދާޅުވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ އޮޕަރޭޝަންގައި މެރިން ޕޮލިސްގެ އިތުރުން ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓް އަދި ސައުތު ޕޮލިސް ޑިވިޝަން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.

ބޮންޑާ ރަސްމީކޮށް ފުޓުބޯޅަ ކުޅުމާއި ދުރުވިތާ އަހަރުތަކެއް ވެފައިވާއިރު މިހާރު އޭނާ ހަރަކާތްތަރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގައެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަކުރަން އައްޑޫގެ ގޮނޑިއަކަށް އަމިއްލަ ގޮތުން ކުރިމަތިލާފައެވެ.

 

2 ކޮމެންޓް
fvm soru
އޮކްޓޯބަރު 4, 2020
BONDA aai masthuva thakechaai gulhun oiy kan meege ethah ahareh kurin engifai vanee. Bonda aai gaiy gulhumeh onna meehegge vahaka ekan engunu.