English Edition
Dhivehi Edition

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ”ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025” ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ހަ ބައިވެރިއަކަށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ކޯހަކީ އެމެރިކާގެ ކޯސްޓްގާޑް އެކެޑަމީއިން އެ ގައުމުގައި ހަތަރު އަހަރު ދުވަހަށް ހިންގާ ބެޗްލާސް ޑިގްރީ ކޯހެކެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، 28 ޖޫން 2021 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން ހިމެނެއެއެވެ.މީގެ އިތުރުން އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތްތަކާއި ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭއިރު މި ދެ ޓެސްޓަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ދެ ޓެސްޓްކަމަށް އެމްއެންޑީއެފްއިންވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، ނޭވަލް އާރކިޓެކްޗަރ، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، މެރިން އެންޑް އެންވައިރަމެންޓަލް ސައިންސް، ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް، ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް ހިމެނޭކަމަށެވެ. .

އަންނަ އަހަރުގެ ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހާއި ބެހޭ ގޮތުން އެމްއެންޑިއެފުން ބުނީ މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް ކުރަން އެދޭ ކަމަށެވެ.

އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.cga.edu/ އިން ލިބިވަޑައިގަންނަވާނެއެވެ.

ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުން ލޯޑް ކުރެވޭނެ އެވެ.