English Edition
Dhivehi Edition
އެކްސިޑެންޓްވި ލޯންޗާއި ދޯންޏަށް އެމްއެންޑީއެފުން އެހީތެރިވަނީ - ފައިލް ފޮޓޯ: އެމްއެންޑީއެފް

ގދ. އަތޮޅުގެ ރިސޯޓަކުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް މިއަދު 16:50 ހާއިރު ފަށާފައެވެ.

އެމީހާ ގެއްލުނުއިރު އެންމެ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށް ސިފައިން ބުނެއެވެ. އަދި އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކުރެއެވެ.