English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

ހައި ކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަކީ ހައިކޯޓަށް ޢައްޔަންކުރެވިފައިވާ، އެކޯޓުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 56،300 ރުފިޔާ ކަނޑައަޅާފައިވާއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރަމުން ގެންދާ ފަރާތަކަށް ވާންޖެހޭނެއެވެ.

ޖޭއެސްސީން ބުނީ އެ މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) އަށް ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެ ކަމަށެވެ.