English Edition
Dhivehi Edition

މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިރޭ މިލިއަނަކަށް އަރައިފިއެވެ.

އެގޮތުން، މުޅި ދުނިޔޭން މިހާތަނަށް ގާތްގަނޑަކަށް 1,000,202 މީހުން މަރުވެފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 33,177,413 އެވެ. އަދި މި ބަލިން 1,697,576 މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

މިހާރު މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން އިންޑިއާ އާއި ބްރެޒިލެވެ.

އެމެރިކާ އިން މިހާތަނަށް 7.29 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދުވެސް ވަނީ ދެ ލައްކައަށް ވުރެ އިތުރުވެފައެވެ. އަދި އެ ގައުމުން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 4,524,730 އެވެ.

ދެން އެންމެ ހާލަތު ގޯސްކޮށް އުޅޭ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާގައި އެވްރެޖްކޮށް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު އުޅުނީ 85 ހާހަށް ވުރެ މަތީގައެވެ. މީގެއިތުރުން، އެ ގައުމުގައި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު ވެސް އުޅުނީ ހާހަކަށް ވުރެ މަތީގައެވެ. މިއާއެކު، އެ ގައުމުން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވެސް 90 ހާހަށް ވުރެ އިތުރުވެފައިވާއިރު، 6.04 އެއްހާ މިލިއަން މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެމެރިކާ އަށް ފަހު މިހާރު މުޅި ދުނިޔޭން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ބްރެޒިލުންނެވެ. އެ ގައުމުން 140,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 4.7 މިލިއަނަށްވުރެ މަތީގައެވެ.

 

ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތައް:

  • އެމެރިކާ: ބަލިޖެހުނު: 7,294,643 މަރުވި: 209,238
  • އިންޑިއާ: ބަލިޖެހުނު: 6,041,638 މަރުވި: 94,971
  • ބްރެޒިލް: ބަލިޖެހުނު: 4,719,099 މަރުވި: 141,503
  • ރަޝިޔާ: ބަލިޖެހުނު: 1,151,438 މަރުވި: 20,324
  • ކޮލަމްބިއާ: ބަލިޖެހުނު: 806,038 މަރުވި: 25,296
  • ޕެރޫ: ބަލިޖެހުނު: 800,142 މަރުވި: 32,142
  • ސްޕެއިން: ބަލިޖެހުނު: 735,198 މަރުވި: 31,232
  • މެކްސިކޯ: ބަލިޖެހުނު: 726,431 މަރުވި: 76,243
  • އާޖެންޓީނާ: ބަލިޖެހުނު: 702,484 މަރުވި: 15,543
  • ދެކުނު އެފްރިކާ: ބަލިޖެހުނު: 669,498 މަރުވި: 16,376