English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުޅުމީދޫގައި މިއަދު ހިނގި ހާދިސާއެއްގައި ވެމްކޯގެ ވެށިފާރަވެރިޔަކަށް އަނިޔާވެ ފަރުވާދޭން ފަށަފިއެވެ.

މަންޒަރު ދުށް ފަރާތަކުން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު މި ހާދިސާ ހިނގާފައިވަނީ ހުޅުދޫ ތެރެއިން ކުނި ނަގަމުން ދަނިކޮށް ކުނި ލޮރީގެ މަތީގައި ހުއްޓައި އޭގެ ފަހަތް ލެއްޕި އިރު، އެމީހާގެ ފައި ތާށިވެގެން ކަމަށެވެ. މި ހާދިސާ ހިނގުމާއެކު އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ހިތަދޫއަށް ވަނީ ފޮނުވާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އޭނާގެ ދެފައިގެ އިގިލިތަކަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި ހާދިސާއާއި ގުޅިގެން ވެމްކޯއިން ބުނީ އަނިޔާވި ވެށިފާރަވެރިޔާ އޮޕަރޭޝަން ކުރުމަށް ވައްދާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް ވެމްކޯއިން ހާމަކޮށްފައެއް ނުވެއެވެ