English Edition
Dhivehi Edition

އައްޑޫ ބެޑްމިންޓަން އެޝޯޝިއޭޝަނާއި ސ.ހިތަދޫ ޒުވާނުންގެ މަރުކަޒު ގުޅިގެން ބާއްވާ 2 ވަނަ “ދިރާގް ޓީޗާސް ބެޑްމިންޓަން ޓޯނަމަންޓް”ގެ ގުރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ކެންގަރޫ ކިޑްސް ޖާގަ ހޯދިއިރު ގުރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި ހިތަދޫ ސްކޫލް ސެމީގެ ޖާގައެއް ހޯދާއިފިއެވެ.

ރޭ ކުޅުނު މިމުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ކެންގަރޫ ހޯދާފައިވަނީ މަރަދޫ ސްކޫލާއި ވާދަކޮށް 3-1 ސެޓުގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި ހަމަ އެހެންމެ ހިތަދޫ ސްކޫލް ސެމީގެ ޖާގައެއް ހޯދާފައިވަނީ ފޭދޫ ސްކޫލްގެ 3-0 ސެޓުން ބަލިކޮށްގެންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހިތަދޫ ސްކޫލްގެ ފިރިހެން ޓީމް ފަސޭހަ ކަމާއި އެކު ހައި ސްކޫލް ބަލިކުރި އިރު މަރަދޫ ސްކޫލްގެ ފިރިހެން ޓީމް ވަނީ ފޭދޫ ސްކޫލްގެ މައްޗަށް ކުރި ހޯދާފައެވެ.

މިއަދު މިމުބާރާތުގެ އަންހެން ބައިގެ ސެމީގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ ސެމީގައި ހައި ސްކޫލާއި ކެންގަރޫ ބައްދަލު ކުރާއިރު ދެވަނަ ސެމީގައި ވާދަ ކުރާނީ އައްޑޫ ހައި ސްކޫލް އަދި ޝަރަފުއްދީން ސްކޫލްއެވެ.

އެންމެ ފަހުގެ މިމުބާރާތުގެ އަންހެން ޗެމްޕިއަން ޓީމްއަކީ ޝަރަފުއްދީން ސްކޫލްއެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމްއަކީ ހިތަދޫ ސްކޫލްއެވެ.