English Edition
Dhivehi Edition

އައްޑޫ ބެޑްމިންޓަން އެޝޯޝިއޭޝަން އިން އިންތިޒާމް ކޮށްގެން ބޭއްވި ދެވަނަ “ދިރާގް އިންޓަ ސްކޫލް ޓީޗަސް ބެޑްމިންޓަން ޓޯނަމަންޓް”ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހިތަދޫ ސްކޫލުން ހޯދާއިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ ސްކޫލްއިން މުބާރާތުގެ ދަށި ދެވަނަ ފަހަރަށް އުފުލާލާފައިވަނީ މުބާރާތުގެއި މިއަހަރު މޮޅު ކުޅުމެއް ދެއްކި އައްޑޫ ހައި ސްކޫލް 3-1 ސެޓުން ބަލިކޮށްގެންނެވެ.

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ބައިގެ ތަށި ހިތަދޫ ސްކޫލްއިން ކާމިޔާބުކޮށްފައިވާއިރު ހިތަދޫ ސްކޫލްގެ އަންހެން ޓީމްވެސް ވަނީ އައްޑޫ ހައިގެ އަންހެން ޓީމް 5-4 ސެޓުން ބަލިކޮށް އަންހެން ބައިގެ ތަށިވެސް އުފުލާފައެވެ.

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ މިއަހަރުގެ އެއްވަނަ ހިތަދޫ ސްކޫލްގެ ޓީމްތަކަށް ލިބޭއިރު ދެވަނަ ލިބެނީ އައްޑޫ ހައި ސްކޫލްއަށެވެ.އަދި ފިރިހެން ބައިގެ ތިންވަނަ މަރަދޫ ސްކޫލް ހޯދިއިރު އަންހެން ބައިގެ ތިންވަނަ އަކީ ކެންގަރޫ ކިޑްސްއެވެ.

އޭބީސީ އިންޓަރ ސްކޫލް ޓީޗަރސް މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރަކަށް ދިރާގް ހަމަޖައްސާފައި ވާއިރު މުބާރާތުގެ މީޑިޔާ ޕާޓްނަރުކަން ކޮށްފައިވަނީ އެއޯ ނިއުސްއިންނެވެ.