English Edition
Dhivehi Edition

އައްޑޫ ބެޑްމިންޓަން ކުލަބް(އޭބީސ) އާއި ސ.ހިތަދޫ ޒުވާނުންގެ މަރަކަޒު ގުޅިގެން ބާއްވާ ދެވަނަ “ދިރާގް ޓީޗަސް ބެޑްމިންޓަން ޓޯނަމަންޓް” މާދަމަ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާދަމަ ފަށާ މިމުބާރާތުގައި މިއަހަރު 6 ސްކޫލްއަކުން އަންހެން ފިރިހެން ހިމެނޭ ގޮތަށް 11 ޓީމް ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ އަންހެން 6 ޓީމް އާއި ފިރިހެން 5 ޓީމެވެ.

މާދަމަ ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓްގައި ފަށާ މިމުބާރާތުގެ 4 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މަރަދޫ ސްކޫލް އާއި ޝަރަފުއްދީންސްކޫލްގެ ފިރިހެން ޓީމް އާއި އައްޑޫ ހައި ސްކޫލް އާއި ފޭދޫ ސްކޫލްގެ އަންހެން ޓީމްގެ މެޗެކެވެ.އަދި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި 22:00 ބައްދަލު ކުރާނީ މަރަދޫ ސްކޫލާއި ޝަރަފުއްދީންގެ އަންހެން ބައިގެ މެޗަކާއި ފޭދޫ ސްކޫލް އާއި އައްޑޫ ހައި ސްކޫލް ވާދަ ކުރާ ފިރިހެން ބައިގެ މެޗެކެވެ.

މިމުބާރާތުގެ އެންމެ ފަހުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަން ޓީމްއަކީ ޝަރަފުއްދީން ސްކޫލްއެވެ.

އެބީސީ ދެވަނަ ބެޑްމިންޓަން މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖެހިފައިވާ އިރު މީޑިޔާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.