English Edition
Dhivehi Edition
10 މާރިޗު 2020ގައި ފުލުހުންނާއެކު އީސީން ބޭއްވެވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން އިއްޔެ ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުގެ ދެ ކެންޑިޑޭޓަކާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ދެ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީގެ ފަރާތުން ޅ. ނައިފަރު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ޢަބްދުލްވާޙިދު ޙުސައިން، އާޒާދީގެ / ޅ. ނައިފަރު އާއި އެމްޑީޕީގެ ފަރާތުން ނ. މަނަދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ޙަސަން ނާއިފް، މާރިނދަ / ނ. މަނަދޫ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ފަރާތުން ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ފާޠިމަތު ޢިނާޔާ، ފިނޭގެ، ހދ. ކުރިނބި އަދި އަމިއްލަ ގޮތުން ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އިޙުސާނާ ޢަލީ، ފޭރުގަސްދޮށުގެ، ބ. ފުޅަދޫ އެވެ.

މިއާއެކު ކައުންސިލް އިންތިޚާބުން ނަން ނެގި ކެންޑިޑޭޓުންގެ އަދަދު 42 އަށް އަރާފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ނަން ނަގާފައި ވަނީ ޖުމްލަ 21 ފަރާތެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.