English Edition
Dhivehi Edition
އެމްއެންޑީއެފްގެ މެޑިކަލް ކޯޕްސްގެ މުވައްޒަފުންނާއި ޑޮކްޓަރުން ބިދޭސީންގެ ޞިއްޙީ ޙާލަތު ހުރި ގޮތް ބެލުމަށް ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއިން އިތުރު 46 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް އިތުރު 31 ދިވެހިންނާއި 15 ބިދޭސީން ވަނީ ޕޮޒިޓިވްވެފައެވެ. އާދިއްތަ ދުވަހުވެސް 75 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,770 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 141،184 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 692 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 96 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.