English Edition
Dhivehi Edition

އައްޑޫ ޔޫތް ޗެލެންޖް އަންޑަރ 20ގައި އިއްޔެ ހިތަދޫ އެފްސީ ޖޫނިއާސް އާއި ފޭދޫ ފާހި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެދު ފަސޭހަކަމާއެކު ފާހި ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފާހި އިން ކާމިޔާބުކުރީ 6 ލަނޑު 0 ލަނޑުންނެވެ. މުޅި މެޗުގައިވެސް ފާހި ސްޕޯޓްސް ކްލަބްގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ ފަނަރަވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒައުލްއެވެ. އެ ޓީމްގެ ސަޔަމް އާއި ހާމީ ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޓީމަށް ކާމިޔާބުކޮށްދިންއިރު އާއިޝްވެސް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާހި ސްޕޯޓްސް ކްލަބަށް ދެ ލަނޑު ކާމިޔާބުކޮށްދިން ސަޔަމް އެވެ.

މިއަދުވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ހިތަދޫ އެފްސީ އާއި މަރަދޫ އެފްސީއެވެ.