English Edition
Dhivehi Edition
ރައީސް އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކިކުރުމާއި ގުޅިގެން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

މި މަގާމަށް އައްޔަންކުރުމުގެ ޝަރުތުތަކުގެ ތެރޭގައި

  • މުސްލިމަކު ކަމުގައިވުން؛
  • ދިވެހި ރައްޔިތަކު ކަމުގައިވުން؛
  • އުމުރުން 25 އަހަރު ވެފައިވުން؛
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތަޢުލީމާއި ޤާބިލުކަންހުރި މީހަކު ކަމުގައިވުން. މިގޮތުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛
  • ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
  • ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ޙިއްޞާއެއް ނުވަތަ މަޤާމެއް އޮތް މީހަކު ކަމުގައި ނުވުން؛
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމް. ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު ހުށަހެޅުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި

  • ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމް (އިޢުލާން ކުރި ތާރީހަށްވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)
  • ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމް
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ)

ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހާއި 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޓެގު