English Edition
Dhivehi Edition
ފަރަށް އެރި "ހެވީ ސްޓާ" ލޭންޑިންގ ކްރާފްޓް - ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހަތް މީހުންނާއެކު ދަތުރުކުރި 140 ފޫޓުގެ “ހެވީ ސްޓާ” ލޭންޑިންގ ކްރާފްޓް، ށ. ނިލަންދޫ ފަރަށް އަރައި ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭ މެންދަމު 01:15 ހާއިރު ކަމަށްވެސް އެމްއެންޑީފުން ހާމަކުރެއެވެ.

(ތަފްސީލް އަންނަނީ)