English Edition
Dhivehi Edition

 

ޢުމުރުން 58 އަހަރުގެ ފިރިހެނަކު ކޮވިޑް ޖެހިގެން ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ވިދާޅުވީ ކެންސަރަށް ފަރުވާ ކުރަމުންދިޔަ މިމީހާއަކީ ހއ.ކެލާގައި ކަރަންޓީންގައި ހުރި މީހެއްކަމަށާއި މަރުވެފައިވަނީ އޭނާގެ ޙާލު ސީރިއަސްވެގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

 

މަޢުލޫމާތު ލިބޭގޮތުން މަރުވި މީހާ ކެލަ އަށް ދިޔައީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އެރަށު ހޯމް ކަރަންޓީނުގައި ހުއްޓާ ހާލު ސީރިއަސްވެގެން ކުޅުދުއްފުއްޓަށް ގެންދިޔައީ އިއްޔެގެ ހެނދުނު ގެ ވަގުތެއްގައެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުން ސާމްޕަލް ނަގައި ޓެސްޓްކުރުމުންނެވެ.

 

ރާއްޖެއިން ކޮވިޑް 19 ޖެހިގެން އިތުރު މީހަކުވެސް މަރުވެފައިވެއެވެ. 60 އަހަރުގެ ދިވެހި ފިރިހެންމީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އިރާކޮޅުގެ ވަގުތެއްގައެވެ.

މިއަދު ނިޔާވިކަމަށް އިޢުލާން ކުރި 2 މީހުންނާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 31 އަށް އަރައެވެ.