COVID-19 control kurumahtakai alhamundhaa fiyavalhuthakaa gulhey gothun mashvaraa kurahvaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

2 ހަފްތާ ކުރިން
10 މާރިޗު 2020ގައި ބޭއްވެވި ވަޒީޜުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، އަތޮޅުތެރޭގެ ރަށަކުން ގިނަ ކޭސްތަކެއް ފެނިފައިވާތީ، އެކަމާ ގުޅިގެން އެ ރަށުގައި އަޅަމުންގެންދާ ޚާއްޞަ ފިޔަވަޅުތަކާއި، އަތޮޅުތަކުން އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ފަރުވާ ދެވޭނެ ފަސޭހަ ގޮތްތަކެއް އަތޮޅުތަކުގައި ހަމަޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ފަތުރުވެރިންނަށް ފަސޭހައިން ރާއްޖެއަށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ.