ފުވައްމުލައް ސިޓީގެ ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ އެކި އަވަށްތަކަށް ހުޅުވާލައިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވެޓެރަންސް ފުޓްސަލް ޓޯނަމެންޓް 2020 ގެ ޗެމްޕިއަންކަން އެފްސީ ދޫނޑިގަލޯނާއިން ހޯދައިފިއެވެ.
ދޫނޑިގަލޯނާ އިން މި މެޗު ކާމިޔާބު ކޮށްފައިވަނީ މިސްކިތްމަގު އެންމެންގެ ގުޅުން އާއި ދެކޮޅަށް ކުޅެ 4 ލަނޑު 3 ލަނޑުން މެޗު ކާމިޔާބުކޮށްގެނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑެއްޖަހާ މެޗުގެ ލީޑު ނަގައިފައިވަނީ ދޫނޑިގަލޯނާއިންނެވެ. ފަހަތުން އަރާ މިސްކިތްމަގު އެންމެންގެ ގުޅުމުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރިއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމުގެ ތެރެއިން އިތުރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔައިރު ދޫނޑިގަލޯނާއިން މެޗު ކާމިޔާބު ކުރީ ޖެހި 4 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ކާމިޔާބުކޮށްގެނެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ދޫނޑިގަލޯނާގެ ގޯލް ކީޕަރ އަހްމަދު ޝަމީމު އެވެ.
މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން އެފްސީ ދޫނޑިގަލޯނާގެ ކޯޗު އަބްދުﷲ ރަޝީދު (ޕެލޭ) ބުނެފައިވަނީ ފައިނަލް މެޗަށް ވަރަށް ރަނގަޅަށް ޓީމު ތައްޔާރުވި ކަމަށާއި މެޗާއި ކުރިމަތިލީ ރަނގަޅު ފައިޓެއް ދޭން ކަމަށެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދި ޕެލޭ ބުނެފައިވަނީ ފައިނަލުގައި ކުޅެން ނިކުތް މިސްކިތްމަގު އެންމެންގެ ގުޅުން ޓީމަކީ ތަފާތު ކުޅުންތެރިން ތަކެއް ތިބި ޓީމެއް ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅެ މޮޅުވީ ކުޅުންތެރިން ކުރިން ހިތްވަރުން ކަމަށެވެ.
ފުވައްމުލަކުގައި ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް އުފެދެމުން އަންނަ އިރު ރަށު ލެވެލް ގައި ކޮންމެ އަހަރެއްގައިވެސް ގިނަ ފުޓްސަލް މުބާރާތްތަކެއް ބޭއްެވެއެވެ. ފުޓްސަލް އަކީ ފުވައްމުލަކު ޒުވާނުންގެ މެދުގައި މިހާރު އެންމެ ފޯރިއާއި އެކު ކުޅެވޭ އެއް ކުޅިވަރެވެ.