English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

އަށް ރަށަކަށް އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސަރިވސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 03 އިސްމެޖިސްޓްރޭޓުންނާއި 05 މެޖިސްޓްރޭޓުން ހޯދަން ބޭނުންވާ ކަމަށެވެ. ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބޭއިރު، މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 18،850 ރުފިޔާ ލިބޭނެ އެވެ. އަދި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 4،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 600ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބިގެންދާނެ އެވެ.

އިސްމެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް:

  • ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް:

  • ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް
  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް
  • ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް
  • ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް
  • ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް

ޖޭއެސްސީ އިން ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ ސެޕްޓެންބަރ މަހުގެ 21 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރުކަމަށް އެދި ހުށަހާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.