English Edition
Dhivehi Edition
ހުޅުމާލެ/ފޮޓޯ ސޯޝަލްމީޑިއާ

ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ އެވެ.

ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއިން މިއަދު ވެއްޓިފައި ވަނީ ބަންގްލަދޭޝް މީހެކެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ލޮޓް ނަމްބަރު 10527ގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ ތިން ވަނަ ފިންގިފިލާއިން ބަންގްލަދޭޝް މީހަކު ވެއްޓުނުކަމުގެ މައުލޫމާތު އެސާވިސްއަށް ލިބިފައިވާ ކަމަށާއި

އެ މީހާހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

މިއަދު ޢިމާރާތުން ވެއްޓުނުމީހާ ގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިދާޅުވިއެވެ.