English Edition
Dhivehi Edition

އައްޑޫސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވް ވިމީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެހެން އެންމެން ބަލިން ރަނގަޅު ވެއްޖެއެވެ.

ނިމިގެން މިދިޔަ އޮގަސްޓް މަހުގެތެރޭ އައްޑޫސިޓީގައި ކަރަންޓީންގައި ތިބި 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަން ގައި ތިބުމަށް ފަހު ހެދިޓެސްޓުން 6 މީހަކު ބަލިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައިފިއެވެ.

މިހާރު އައްޑޫގައި ކޮވިޑަށް ޕޮޒިޓިވް ދެ މީހަކު ތިބި އިރު އެދެމީހުން ތިބީ ގަމުގައި ހޯމް ކަރަންޓީންގައެވެ. ބަލީގެ ޢަލާމާތް ނުފެންނަ އެސިމްޓޮމެޓިކް މިދެމީހުން މިހާރުވެސް ގެންދަނީ އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ސިޓީއެއްގެ ގޮތުގައި އޮތް އައްޑޫސިޓީއިން މިހާތަނަށް އެކި ފަހަރުމަތިން ކޮވިޑަށް މީހުން ޕޮޒިޓިވް ވިޔަސް މިއެންމެންނަކީވެސް މާލެއިން އައްޑޫއަށް އައިސް ކަރަންޓީން ގައި ތިބި މީހުންނެވެ. މިއިން އެއްވެސް މީހެއްގެ ފަރާތުން އެހެންބަޔަކަށް މިބަލި ފެތުރިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.