English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލް އިދާރާގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކައުންސިލުން އިއްޔެ އާންމު ކުރި އިއުލާނުގައި ވަނީ މި ނީލަން ކިޔުން އޮންނާނީ 3 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14.00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައިކަމަށެވެ.

“ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 30 އޮގަސްޓް 2017 ވާ ބުދަދުވަހުގެ 8.00 އިން 14.00 އާއި ދެމެދު ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ ހަވީރު 16.00 ގެ ކުރިން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެ” ކަމަށް ކައުންސިލް ގެ އިއުލާނުގައި ބުނެފައިވެއެވެ.