English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ އެކި އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކަނބަލުންގެ ހޭންޑްބޯލް ޗެލެންޖް 2020ގެ ޗެމްޕިއަންކަން ދަޑިމަގު ރަނިން ހޯދައިފިއެވެ. ދަޑިމަގު ރަނިން ޓީމުން ޗެމްޕިއަން ކަން ހޯދާފައިވަނީ ފައިނަލުގައި ދޫނޑިގަލޯނާ އާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކޮށްގެނެވެ. މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފާތިމަތު ޖޫޒާން ޒަރީރް އެވެ.

މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ދޫނޑިގަލޯނާއިންނެވެ. ފަހަތުން އަރާ ދަޑިމަގު ރަނިން ޓމުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށް މެޗުގެ ފުލްޓައިމް ކުޅެ ނިންމާލިއިރު ދެ ޓީމު ވެސް އޮތީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ.

މެޗުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު ދެ ޓީމުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިންމާލި އިރު ވެސް އޮތީ 1 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ދަޑިމަގު ރަނިން އިން އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށް ވަނީ މެޗުގެ ކުޅުން ވަރަށް ސްލޯކޮށްފައެވެ.
ލިބުނު ކާމިޔާބީއާއި މެދު ވާހަކަ ދައްކަމުން ދަޑިމަގު ރަނިން ގެ ކޯޗު އަލީ ޝަރީފް ބުނެފައިވަނީ މެޗަށް އައިއިރު މޮޅުވާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށާއި އެހެންނަމަވެސް ފައިނަލުގައި ޓެކްނިކަލް ކުޅުމެއް ކުޅެންޖެހޭނެ ކަން އެނގުނުކަމަށެވެ.

މުބާރާތުގެ ކުޅުންތެރިން ފާހަގަކޮށްފައިވަނީ މިގޮތަށް ބޭއްވޭ މުބާރާތްތަކުން ރަށުގެ އިޖުތިމާއީ ރޫހު ވަރަށް ވަރުގަދަވާކަމަށާއި މިސަބަބާހެދި ކުރިއަށް އޮތް ތާނގައިވެސް މިފަދަ ގިނަ މުބާރާތްތަކެއް ބޭއްވިގެންދިއުމަކީ އުއްމީދު ކުރާ ކަމެއް ކަމަށެވެ.