English Edition
Dhivehi Edition

ލ. ކަލައިދޫ ގެއަކުން ވަގަށް ނެގި 300،000ރ. އަށްވުރެ ގިނަ ފައިސާ ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައި ތިއްބާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު އެ ސަރަހައްދު ބަލައި ފާސްކޮށް 352،500 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަދަނީ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.