English Edition
Dhivehi Edition
އެމްޖޭއޭ އަށް ޢައްޔަން ކުރެވުނު މެމްބަރުން

 

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ،އެމްޖޭއޭ ގެ ހިނގާ ކޮމިޓީގެ އިންޚާބު ބާއްވާ، މަގާމުތަކަށް އާ މެންބަރުން ހޮވައިފި އެވެ.

ރާއްޖޭގެ މީޑިއާ ތަކުގައި މަސައްކަތް ކުރާ 130 ނޫސް ވެރިންނާއެކު އޮންލައިންކޮށް ކުރިއަށްދިޔަ މި ޖަލްސާގައި ހިންގާ ކޮމިޓީއަށް 6 މެމްބަރަކު ޢައްޔަން ކޮށްފައިވެއެވެ.

އެމްޖޭއޭގެ ހިންގުން މެދު ކަނޑާލިތާ އަހަރުތަކެއް ފަހުން ބޭއްވި މި ޖަލްސާއިން ޖަމިއްޔާގެ ރައީސްއަކަށް ހޮވުނީ މިހާރު ނޫހުން މުޙައްމަދު ޙަމްދޫން އެވެ. އިތުރު މެންބަރުންގެ ތެރޭގައި

  • ނައިބު ރައީސް – އަލީ ރިފްޝާން (ވަން އޮންލައިން)
  • ޖެނެރަލް ސެކެޓްރީ – އަހްމަދު ނާއިފް (ސަން އޮންލައިން)
  • ބަޖެޓް ސެކެޓްރީ – ނާޒިމް ހަސަން ( ޖަޒީރާ ނިއުސް)
  • ޢާއްމު މެންބަރު – މުހައްމަދު ޖުނައިދު (ފްރީލާންސް)
  • ޢާއްމު މެންބަރު – ފާތިމަތު ސާޔާ (ސީއެންއެމް) ހިމެނެއެވެ.

4 ގަޑިއިރަށް ދިގުދެމިގެން ދިޔަ މި ޖަލްސާ އަށް ފަހު އެމްޖޭއޭ އިން ނެރުނު އިޢުލާން ގައި ވަނީ ރާއްޖޭގެ ނޫސްވެރިންގެ ޙައްޤަށް ވަކާލާތުކޮށް މިނިވަން ނޫސްވެރިކަން ދިރުވައި ދަމަހައްޓައި ކުރިއެރުވުމަށް އަލަށް އިންތިޚާބުވި ހިންގާ ކޮމިޓީން މަސައްކަތް ކުރަމުންދާނެ ކަން ފާހަގަ ކޮށްފައެވެ.