English Edition
Dhivehi Edition

ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވޭ ނަމަ، ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް ދައުލަތުން ނަގައިގެން ނުވާނެ ކަމަށް ބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ރޭ ކުރެއްވި ޓްވީޓެއްގައިގައި ވިދާޅުވީ ޤާނޫން އަސާސީ ގައި ބަޔާންކޮށްފައި ހުރި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށް ނުދެވޭނަމަށް ރައްޔިތުން އަތުން ދައުލަތަށް އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެ ކަމަށެވެ. “ގަވައިދު ކިޔުމުގެ ކުރިން ޤާނޫން އަސާސީގެ 19 ވަނަ މާއްދާ ކިޔާބަލަ” އަސްލަމް ޓެގް ކުރައްވާ އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްވެސް އިބްރާ ވަނީ ފާޑު ވިދާޅުވެފައެވެ.”އެޗްޕީއޭ އަށް ހީވަނީ ރައްޔިތުންނަކީ އެމީހުން އަތުލަފި ކޮށްގެން ގެންގުޅޭ ޖެހޭ ބައެއްހެން. އަހަރެމެން ދަންނަ މީހުންނަށް އަމިއްލައަށް ގުޅައިގެން އަހަރެމެން ދަންނަ މީހުން އަތުން އެއްޗެހި ގަންނަންވެސް އެޗްޕީއޭގެ ހުއްދަ ހޯދަންޖެހޭތޯ؟ “އިބްރާ ވިދާޅުވިއެވެ.