ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިޢުލާންކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހޯދަމުންދާ އެ 11 މީހުންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުން ކަމަށެވެ.
އެގޮތުން އެ މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ރޮޕަކް ކުރި، ލަކްސްމިޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722) އާއި ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347) އާއި އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524) އާއި އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257) އާއި ސުމޮން އަޙްމަދު ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943) އާއި ރަބް، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437) އާއި މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984) އާއި މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953) ގެ އިތުރުން އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339) އާއި ޚޯކޮން މާލިކު، ޗަންދުޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661) އަދި ޝަހާދަތު ޙޮސައިން، ޗަންދުޕޫރ، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)، އެވެ.
ވީމާ، އެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.