English Edition
Dhivehi Edition

 

ކާބޯތަކެތި ވިއްކުމާއި ބެހޭ ޤަވާޢިދުގައި ވާގޮތަށް ނަގަންވާ ހުއްދަތައް ނުނަގާ ރޖިސްޓްރީ ނުކޮށް ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ޚިދުމަތް ދޭނަމަ އެތަނަކާމެދު ފިޔަވަޅު އަޅަން އެޗްޕީއޭއިން ނިންމައިފިއެވެ.

 

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާ ކަމުގެ ޝަކުވާ އެ އޭޖެންސީ އަށް ލިބިފައިވާތީ ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު ގަވާއިދުގާވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ނިންމާފައިވެއެވެ.

މިފަދަ ތަންތަނުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ، ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތައް ނެގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި،ޤަވާޢިދަށް ނުފެތޭ އެފަދަ ތަންތަނުގެ ހިދުމަތް ނުހޯދުމަށްވެސް އާއްމުންނަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފަ އިވެއެވެ.

ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީ ގެ ކަންތައް ހަމަޖެހޭ ވާޗުއަލް ކައުންޓަރ އެއް ހެލްތް މިނިސްޓްރީއިން ވަނީ ޤާއިމް ކޮށްފައެވެ.

ޕޯޓަލް ލިންކު https://counter.health.gov.mv/client/signup

އެޗްޕީއޭ އިން ވަނީ އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤަވަޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާމުންދާނެ ކަމަށް ޢާއްމުކޮށް އަންގާ އިޢުލާން ކޮށްފައެވެ.