ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ޢަބްދުއްރަޙީމް ޖޫރިމަނާ ކުރީ އެފްޕީއޭގެ ގައިޑްލައިނާ ޚިލާފު ވުމުގެ ސަބަބުންނެވެ.
ފުލުހުންގެ އިދާރާއަށް ޙާޒިރު ވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފްވި ކަމަށް ބުނެ ޖޫރިމަނާ ކުރީ ބިރުދެއްކުމުގެ ގޮތުން ކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި ކަމަށް ބުނެ އަޅުގަނޑު ޖޫރިމަނާ ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު “ދެ ރަދުން” ފޮތް ނެރުއްވައި ފޮތް ބެއްސެވިއިރު ވެސް ހުންނެވީ މާސްކް ނާޅުއްވާ . އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަދައިގެންނެވިއިރު ވެސް އެއްވެސް ގައިދުރު ކަމެއް ނެތް . އެހެންވީމަ އަޅުގަނޑު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފްވި ކަމަށް ބުނެ ޖޫރިމަނާ ކުރީ ބިރުދެއްކުމުގެ ގޮތުން .
ޢަބްދުއްރަހީމް
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމްގެ ގާނޫނީ ވަކީލުން ވިދާޅުވީ އަބްދުއްރަހީމް ޖޫރިމަނާ ކޮށްފައިވަނީ ގައިދުރު ކަމެއް ނެތި ސައިކަލު ދުއްވި މައްސަލައާ ގުޅިގެން ކަމަށާއި އެހެން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އަބްދުއްރަހީމް ހިލާފުވެފައި ނުވާ ތީ ޖޫރިމަނާގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޕީއެންސީން މަލޭގައި ބޭއްވި އިހްތިޖާޖާ ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ އިއްޔެ ފުލުހަށް ޙާޒިރުކޮށް ބަޔާން ނަގާފައެވެ. އޭގެއިތުރުންވެސް ޕީއެންސީގެ އިސް ފަރާތްތައް އަންނަނީ މިމައްސަލައާއި ގުޅިގެން ފުލުހަށް ޙާޒިރު ކުރަމުންނެވެ.