English Edition
Dhivehi Edition

ވިލާ ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލިޓީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 17 މެއި އިން ފެށިގެން އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފިއެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމާއެކު ކޯހާއިބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުން ލިބޭނެ ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ. ވިލާ ކޮލެޖުން ހިންގާ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކޯސްތައް ސަން އައިލޭންޑުގައި ހިންގުމަށް ނިންމާފައިވާ އިރު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖާއި ސަން އައިލޭންޑާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. ވިލާ ކޮލެޖުން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސަން އައިލޭންޑްގައި ހުންނަ ނޮލެޖް ވިލެޖްގައި ފުރަތަމަ ހިންގަން ފަށާނީ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކަމަށާއި އެ ޕްރޮގްރާމުގައި ކިޔެވުމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން 12 ދަރިވަރަކަށް ސަން އައިލޭންޑުން ސްޕޮންސާ ދިނުމަށް ނިންމާފައިވާ ކަމުގައެވެ.