English Edition
Dhivehi Edition
މާރިޔާ

އާގަން ގޭހާއި ހީލިއަމް ގޭސް ރާއްޖެ އެތެރެކުރާއިރު ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019ގެ 3 ވަނަ މާއްދާ އާއި އެގަވާއިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ 1 ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީން އާންމު ކޮށްފައިވާ، ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ހުއްދަ ނަގަންނުޖެހޭ ކެމިކަލް ތަކުގެ ލިސްޓަށް ގެނެވިފައިވާ އިސްލާހާއި ގުޅިގެން، އެ ލިސްޓުގައި ހިމެނިފައިވާ އާގަން ގޭސް އަދި ހީލިއަމް ގޭސް، އެ ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެއިން އެއްވެސް ގޭހެއް ރާއްޖެއަށް އެތެރެކުރާނަމަ ނުރައްކާތެރި ކެމިކަލާއި ބެހޭ ގަވާއިދު 2019 އާއި އެގަވާއިދުގެ އެއްވަނަ އިސްލާހުގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.