English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު
ބަޖެޓް އިންފޯރގްރަފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ބަޖެޓުގައިވާ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2120 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވެގެން އާންމު ކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އަރ)އަށް ބަދަލު ގެނެވިފައިވުމާއެކު، އިސްލާހުކޮށް އަލުން އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެ ކަމަށެވެ.

އެގޮތުން މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 8 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފްރަންޓް ޑެސްކަށް ބިޑް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮގްރަފީ ފޮތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން މީގެ ކުރިން އިޢުލާންކޮށްފައި ވަނީ ސެޕްޓެންބަރު 02 ވަނަ ދުވަހުގެ ނިޔަލަށެވެ.