ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުން މޮޅުވެ ލޮތަރި އެފްސީ އާއި ކްލަބް ރިވެރިން ނެކްސެސް އިން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ،
މި މުބާރާތުގެ ކުއާޓާ ފައިނަލް ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ލޮތަރި އެފްސީ އާއި އެފްސީ ޗެލެންޖާސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މި މެޗުގައި އެފްސީ ޗެލެންޖާސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު ލޮތަރި އެފްސީ އިން ވަނީ އެ ހަމާލާތައް ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެ ޓީމަށްވެސް ޕެނެލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ ފުރުސަތު ލިބިގެން ދިޔައިރު ލޮތަރި އެފްސީ އިން މި މެޗު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް 0-1 ގެ ނަތީޖާއިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަޔަން މަންސޫރުއެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ކަލްބަ ރިވެރިން ނެކްސެސް އާއި އުސްގަނޑު އެފްސީގެ ފަރާތުން ދާދި ހަމަހަމަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނެލްޓީ ކާމިޔާބުކޮށް މި މެޗު ރިވެރިން ނެކްސެސް އިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމީން އިބްރާހީމްއެވެ.