English Edition
Dhivehi Edition

ރޭގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ބުނެފިއެވެ.

އެޗްއީއޯސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ އަންހެންމީހާ ނިޔާވި ފަހުން އޭނާގެ ސާމްޕަލް ނެގުނު އިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރޭ 11.30 އެހާކަށްވާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު 21 އަހަރުގެ މި އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުދާކަމަށް އޭރު ވަނީ ބުނެފައެވެ.

ރޭ ނިޔާވީ އުރީދޫގެ މުވައްޒަފެއްކަމަށްވާ ހދ. މަކުނުދޫ، ބާނި، ފާތިމަތު ޒަހާ އަޙްމަދު ޝަކީލް އެވެ. އުރީދޫއިން ވަނީ މިކަމުގެ ހިތާމާގައި ބައިވެރިވެ ޒަހާއަށް ތަޢުޒިޔާ ކިޔާފައެވެ.