English Edition
Dhivehi Edition

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިޙާދިސާއާއި ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.