English Edition
Dhivehi Edition

 

23:37- އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަޑައިގެންފި

ޢިމްރާން ވިދާޅުވީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށް. އަދި އަލިފާންގަނޑު ކޮންޓްރޯލްކުރެވި މިރޭ ކައިރި ގެތަކުގެ މީހުންނަށް އަނބުރާ ގެތަކަށް ދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އިމްރާންވަނީ ވިދާޅުވެފަ.

23:35-ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަލާފާން ސްކޫލް ތައްޔާރު ކުރަނީ.

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ކަލާފާނު ސްކޫލް އެކްޓިވޭޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި

23:22- އަލިފާން ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ. އަދި މީހަކަށް އަނިޔާ ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ. އެމްއެންޑީއެފް

 

23:20- އަލިފާނުގެ ޙާދިސާއާއި ގުޅިގެން ދިރާގުން ކުރި ޓުވީޓެއް

23:14- އެސްބީއައި ބިލްޑިންގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ވެއްޖެ. މިނިސްޓަރ މާރިޔާ

މާރިޔާ ވިދާޅުވީ ރޯވި އަލިފާންވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިކަމަށައި ސިފައިން ވަރަށް ޕްރޮފެޝަނަލް ކަމާ އެކު އެކަން ކުރަމުން ދާކަމަށް.

ޙާދިސާ ހިނގައިގެން އުޅޭ ތަނަށް މާރިޔާ ވަނީ ޒިޔާރަތް ކުރައްވާފަ.

22.58- އަލިފާން ނިއްވުމަށް ފަޔަރ ޓީމުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން. އެސަރަޙައްދުގައި އެއްވެފައި ތިބި މީހުން ސަރަޙައްދުން ދުރަށް ދިއުމަށް އިލްތިމާސް ކުރަން. އެމް އެން ޑީ އެފް. ގިނަ ޢަދަދެއްގެ ފަޔަރ ވެހިކަލްތައް ދަނީ އެސަރަޙައްދުގައި ޙަރަކާތްތެރިވަމުން.

22:53- އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ #ކޯވިޑް19 ޕޮސިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް 1676 އަށް ގުޅުއްވާ

22:43- ކެފޭއާއި ޖެހިގެން ހުރި ލިލިމާސް ކޮމްޕެނީ މަނީ އެކްސްޗޭންޖަރ ގައިވެސް ރޯވެފައިވޭ.

 

 

މާލޭގެ އިމާރާތްތަކެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވި އިމާރާތުގެ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ހ. ރިވާސައިޑް ކެފޭހުންނަ އިމާރާތުގައެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި އުރީދޫ އޮފީސް ޢިމާރާތާއި ޖެހިގެން ހުރި އިމާރާތެވެ.

އަލިފާން ރޯވި އިމާރާތާ ޖެހިގެން ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.

އެޗްޕީއޭއިން ވަނީ މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. އަދިދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމުކަމަށާއި

ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމަށް ސަމާލު ވުމަށް އެދިފައެވެ.