ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޒެފިއާ އާއި ކްރޯސް ބައްދަލުކުރި މެޗު 4 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ޒެފިއާއިން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.
މި މެޗުގައި ޒެފިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ޖެހި ތިން ލަނޑު، އިމާން ނަސީރު ކާމިޔާބުކޮށް ދިން އިރު އިންޝާލްވެސް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ކްރޯސް އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޔަޝަމް އިސްމާއިލްއެވެ،
ރޭގެ މެޗުން ޒެފިއާ މޮޅުވެ، މި ޓީމް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ، މުބާރާތުގެ ގްރޫޕް ޑީގައި ހިމެނޭ މަންތަރަ ޖޫނިއާސް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން މަންތަރަ އެފްސީއަށްވުރެ ކުރި ހޯދައިގެންނެވެ.
ރޭ ކުޅުނު ތިންވަނަ މެޗުން މޮޅުވެ ކްލަބް ރިވެރިން ނެކްސަސް މޮޅުވެފައިވާއިރު އެ ޓީމްވެސްވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން ކުރި ހޯދައިގެން މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު މި މެޗުގައި ރިވެރިންގެ ފަރާތުންގެ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމް މެޗު ކާމިޔާބުކުރީ އެފްސީ ގަންބުރި އާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ. މި މެޗުގައި ރިވެރިންގެ އަނިލް އިބްރާހީމް އާއި އަމީން އިބްރާހީމް އެ ޓީމްގެ ލަނޑުތައް ކާމިޔާބުކޮށްދިން އިރު އެފްސީ ގަންބުރި އިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު މިރްސާދްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމީން އިބްރާހީމްއެވެ.
ގްރޫޕް އޭގެ ފަހުމެޗަށް ރޭ ރިވެރިން ނުކުތްއިރު އެ ޓީމަށް ލިބިފައިވަނީ3 މެޗުން 3 ޕޮއިންޓެވެ. ރިވެރިންއަށް ކްއާޓާފައިނަލުން ޖާގަ ލިބުނީ 4 މެޗު ކުޅެގެން 7 ޕޮއިންޓާއި ފައިދާ 3 ގޯލާއެކުގައެވެ. އެޓީމު ކުޅުނު 4 މެޗްގައި 6 ގޯލް ޖެހިފައިވާއިރު އެޓީމުގެ ކޮޅަށް ވަދެފައިވަނީ 3 ގޯލެވެ. އެހެންކަމުން އެޓީމަށް ފައިދާ 3 ގޯލް ލިބިފައިވެއެވެ.
ރިވެރިންއާއި އެއްވަރަށް 7 ޕޮއިންޓް ލިބިގެން ބީރިކަނާއަށް ފައިދާ ގޯލެއް ލިބިފައިނުވާއިރު އެޓީމަށް މައިނަސް 1 ގޯލް އޮތެވެ. އެޓީމު ކުޅުނު 4 މެޗުން 7 ޕޮއިންޓް ލިބުނުއިރު އެޓީމަށް 4 މެޗްގައި ކާމިޔާބުކުރެވިފައިވަނީ 5 ގޯލެވެ. އެކަމަކު ބައިކޮޅަށް 6 ގޯލް ވަދެފައިވެއެވެ. ގޯލްގެ ތަފާތުން ރިވެރިންއަށް ކުރިލިބޭތީ އޭ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ކްއާޓާރ ފައނަލްގެ ފުރުސަތު ލިބުނީ ރިވެރިންއަށެވެ.މިގްރޫޕުން 10 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ 1 ވަނަ ޓީމްގެ ގޮތުގައި ކުއާޓާފައިނަލަށް ހޮވިފައިވަނީ މީދޫ ޗެލެންޖާސްއެވެ.