English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: އަވަސް
ބަޖެޓް އިންފޯރގްރަފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ބަޖެޓުގައިވާ މައުލޫމާތު އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ފޯރުކޮށްދިނުމުގް ބޭނުމުގައި 2021 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮގްރަފީ ފޮތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ވީމާ، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފްރަންޓް ޑެސްކަށް ބިޑް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.