English Edition
Dhivehi Edition
އިސްމާއީލް ހަނިއްޔާ

ހަމާސްގެ ލީޑަރު ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް, ޔަހޫދީ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަ ކޮށްލައިފިއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ނެރުން ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ހަމާސް ލީޑަރ ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ ވެރި ރަށް ތެހްރާންގައި ކަމަށެވެ، ހަނިއްޔާ ޝަހީދުކޮށްލީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވަނިކޮށް އިޒްރޭލުން އެ ސަރަހައްދު ރައިޑްކޮށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އެމަނިކުފާނުގެ ދެ ބޮޑީގާޑުންވެސް ވަނީ ޝަހީދުވެފައެވެ. ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަނިއްޔާ އިރާނަށް ވަޑައިގަތީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މެދުއިރުމަތީގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނީ މިއީ މި ސަރަޙައްދުގެ މުޅި ޙާލަތު ގޯސްވެދާނެ ކަމެއް ކަމުގައި ވެދާނެކަމަށެވެ. އެގޮތުން އިޒްރޭލުން ހަނިއްޔާ ޝަހީދުކޮށްލުމާ ބެއިރޫތުގައި ހިޒްބުاللهގެ ކޮމާންޑަރު ފުއާދު ޝުކުރުއަށް އަމާޒުކޮށްދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.