English Edition
Dhivehi Edition
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަނެ، އެ ބިލް ދިރާސާ ކުރަން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ 241 ކޮމެޓީއަށް ފޮނުވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅި މި ބިލް ބަލައިގަތީ މިއަދު މެންދުރު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ވޯޓުންނެވެ. މި ބިލާއި ގުޅޭގޮތުން މިއަދު ކުރިއަށްދިޔަ ބަހުސްގައި 241 އަށް ބިލް ދިރާސާ ކުރަން ފޮނުވުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަދި މި ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނިޒާމެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ. މީގެ އިތުރުން އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް އެތެރެވުން މަނާކުރުމަށް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.

އިޒްރޭލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުންވެސް ވަނީ ނިންމަވާފައެވެ.