English Edition
Dhivehi Edition

 

ކޮވިޑް 19 ޖެހިގެން ރާއްޖެއިން މިއަދުވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ. ރޭ މެންދަމު މިބަލީގައި ނިޔާވީ މޯލްޑިވްސް ނޭޝަލަން ޑިފެންސް ފޯސް އެމްއެންޑީއެފް އަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެއްކަމަށްވާ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީ އެވެ. އޭނާއަކީ މިބަލީގައި ރާއްޖެއިން ނިޔާވި 25 ވަނަ މީހާއެވެ. މި 25 މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ 6 މީހުންނާއި ދިވެހިންގެ 19 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބްތަކަށް ބަލާއިރު އިއްޔެ ރާއްޖެއިން 145 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހަކާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންނާއި ނޭޕާލްގެ މީހަކާއި ޖަޕާނުގެ މީހެއްގެ އިތުރުން އުރުދުންގެ މީހެކެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރެއިން 3 މީހަކު ފިޔަވައި އެހެން އެންމެންނަކީ މާލެ ސަރަޙައްދުން ޕޮޒިޓިވް ވި މީހުންނެވެ.

މިބަލީގައި މިހާތަނަށް ރާއްޖޭއިން 6370 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މީގެތެރެއިން 2431 މީހުންމިހާރުވެސް ފަރުވާ ހޯދަމުން އަންނަ އިރު 161 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19ގައި ރާއްޖެއިން ފުރަތަމަ މީހަކު ނިޔާވެފައި ވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެވަނީ 127 މީހަކު މި ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 3915 މީހެކެވެ.

 

މިހާތަނަށް ރާއްޖެއިން 100،233 ސާމްޕަލް އެއް ވަނީ ކޮވިޑް19 އަށް ޓެސްޓުކޮށްފައެވެ.

މާލޭ ފިޔަވައި މިބަލީގެ އެކްޓިވް ކޭސްތައް ރާއްޖޭގެ މީހުން އުޅޭ 21 ރަށަކުން ވަނީ ފެނިފައެވެ. އޭގެ އިތުރުން 10 ރިސޯޓަކުން ދެ ފަތުރުވެރިންނާއި 13 ސްޓާފުން ވެސް ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.